މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެހީތެރިކަމާއެކު ށ.އަތޮޅުކައުންސިލުން މިއަހަރަށް ބަޖެޓްކޮށްގެން ކުރިޔަށްގެންދާ ޓޫރިޒަމް 50 މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022 ހޭންޑްބޯލް މުބާރާތް އިއްޔެ ފޭދޫގައި ފަށައިފިއެވެ.
އެކަމަށްޓަކައި އިއްޔެ ހަވީރު 4:30ގައި ފޭދޫ ފުޓްސަލް ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިއްރުފެންފުށީ ރިސޯޓްގެ އެޗްއާރު މެނޭޖަރ މަހާތީރުއެވެ.
ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި މުބާރާތުގެ ތީމު ލަވަ ފޭދޫ ކުޑަކުދިންގެ ޙަރަކާތްތަކާއެކު ދައްކާލެވުނެވެ. މި ރަސްމިއްޔާތުގައި މަހާތީރު ދެއްކެވި ވާކައިގައި ރެފްރީން ނިންމާ ނިންމުންތަކަށް އިޙްތިރާމުކޮށް މުބާރާތް ނިންމާލަދިނުމަށް ކުޅުންތެރިންނާއި، ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމްގެ ވާހަކައިގައި މިއަދު މި މުބާރާތް ފޭދޫގައި ފެށިގެން ދިއުން މީ އިއްތިފާގެއް ކަމަށާއި، މިއަދު މިރަށުގައި މި މުބާރާތް ފެށިގެން ދާއިރު މިއަދަކީ ޒުވާނުންގެ ދުވަސްކަމަށްވުމާއެކު ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ ހުރިހާ ރަށެއްގެ ޒުވާނުންނަށް އަރިސްކުރާކަމަށް ވިދާޅުވިއެވެ. ށ. އަތޮޅު ކައުންސިލްގެ މުޙައްމަދު ޝިޔާމުގެ ވާހައިގައި މި މުބާރާތް ކުރިޔަށްދާގޮތާއި، މި މުބާރާތް ހޯސްޓްކުރުމުގައި ރަށްރަށުން ހުރި ޝައުޤުވެރިކަމާއި ގުޅޭގޮތުންނާއި، މުބާރާތަށް ޒުވާނުން ހުރި ފޯރިއާއި، ޝައުޤުވެރިކަމުގެ ވާހަކަދައްކައި، ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ އެންމެހާ ރައްޔިތުންނަށް އަރިސްކުރެއްވިއެވެ.
މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ކުރިޔަށްގެންދެވުނު މެޗުގައި ފޭދޫ އާއި، ކަނޑިތީމުގެ ހޭންޑްބޯލް ޓީމު ބައްދަލުކޮށް 22- 5 ގެ ބޮޑުތަފާތަކުން ފޭދޫ ހޭންޑްބޯލް ޓީމުން ކާމިޔާބު ކޮށްފައިވެއެވެ. މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ފޭދޫ ޓީމުގެ ޖަރޒީ ނަންބަރު 10 ޢާއިޝަތު ޝިފާނާއެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތައް މުބާރާތް ހޯސްޓްކުރާ ދެ ރަށް ކަމުގައިވާ ޅައިމަގާއި، ފޭދޫގައި ކުރިޔަށްއޮތް 5 ދުވަހުގެ މުއްދަތަށް ދެމިގެންދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ފުރަތަމަ ބުރުގައި ގްރޫޕް އޭގައި ބައްދަލުކުރާނީ ފޭދޫ، ގޮއިދޫ، ކަނޑިތީމު، ފޯކައިދޫ، ބިލެތްފަހީގެ ޓީމެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ މާއުނގޫދޫ، ފުނަދޫ، ނަރުދޫ، ޅައިމަގު، މިލަންދޫ ހޭންޑްބޯލް ޓީމެވެ. މުބާރާތުގެ މެޗުތައް ހަމަޖެހިފައިވާ ގޮތުން މާދަމާ ފޭދޫ ދަނޑުގައި ބިލެތްފަހީ، ފޯކައިދޫ ބައްދަލުކުރާއިރު ދެ ވަނަ މެޗްގެ ގޮތުގައި އެދަނޑުގައި ކުރިޔަށްދާނީ ފޭދޫ އާއި، ގޮއިދޫގެ ޓީމެވެ. ޅައިމަގު ދަނޑުގައި ފުރަތަމަ ނަރުދޫ އާއި، ޅައިމަގު ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗުގައި ކުޅޭނީ ފުނަދޫ އާއި، މާއުނގޫދޫގެ ޓީމެވެ. 24 އޮކްޓޫބަރު ގައި ފޭދޫ ދަނޑުގައި ފުރަތަމަ މެޗެއްގެ ގޮތުގައި ގޮއިދޫ އާއި، ފޭދޫ ބައްދަލުކުރުމަށް ހަމަޖެހިފައިވާ އިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަނޑިތީމާއި، ބިލެތްފަހީގެ ޓީމެވެ. އަދި އެދުވަހު ޅައިމަގު ދަނޑުގައި ބައްދަލުކުރާނީ ޅައިމަގު މާއުނގޫދޫ، އަދި ނަރުދޫ އާއި، މިލަންދޫގެ ޓީމެވެ. އޮކްޓޯބަރު 25 ވަނަ ދުވަހު ފޭދޫ ދަނޑުގައި ފުރަތަމަ ބައްދަލުކުރާނީ ފޭދޫ އާއި، ބިލެތްފަހި، ދެވަނަ މެޗުގައި ކަނޑިތީމާއި، ގޮއިދޫގެ ޓީމެވެ. ގްރޫޕް ބީގެ މެޗުގެ ގޮތުގައި އެދުވަހު ޅައިމަގު ދަނޑުގައި މިލަންދޫ، ފުނަދޫ ކުޅޭގޮތަށް ހަމަޖެހިފައިވާއިރު އެ ދަނޑުގައި ދެވަނަ މެޗެއްގެ ގޮތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ނަރުދޫ އާއި، މާއުނގޫދޫގެ ޓީމެވެ. 26 އޮކްޓޯބަރުގައި ފޭދޫ ދަނޑުގައި ގޮއިދޫ އާއި، ބިލެތްފަހީ ޓީމު ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗެއްގެ ގޮތުގައި އެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ ފޭދޫ އާއި، ފޯކައިދޫގެ ޓީމެވެ. ގްރޫޕް ބީގައި ޅައިމަގު ދަނޑުގައި ފުރަތަމަ މެޗެއްގެ ގޮތުގައި ނަރުދޫ އާއި، ފުނަދޫ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ މިލަންދޫ އާއި، ޅައިމަގުގެ ޓީމެވެ. އޮކްޓޯބަރު 27 ގައި ފޭދޫ ދަނޑުގައި ކަނޑިތީމާއި، ފޯކައިދޫ ބައްދަލުކުރާއިރު ގްރޫޕް ބީގައި ޅައިމަގު ދަނޑުގައި ކުޅެވޭ ފުރަތަމަ މެޗުގައި މިލަންދޫ މާއުނގޫދޫ، ދެވަނަ މެޗުގައި ޅައިމަގާއި، ފުނަދޫގެ ފުޓްސަލް ޓީމު ބައްދަލުކުރުށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ށ.އަތޮޅުގެ ޒުވާނުންނަށް އަތޮޅު ފެންވަރުގައި ކުޅިވަރުކުޅެ އުޅޭނެ ފުރުޞަތު ހޯދައިދީ ޒުވާނުންގެ ހިތްތަކުގައި ޤައުމީ، ވަޠަނީ ރޫޙު އާލާކޮށް އެއްބައިވަންތަކުރުވައި ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ ތަފާތު މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން ލިބޭ މިންވަރު އިތުރުކުރުމުގެ މަޤްޞަދުގައި މުޅިއަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދެވޭ މުބާރާތެކެވެ.