ޓޫރިޒަމް މިނިސްޓަރ ފުނަދުއަށް ވަޑައިގެންފި


މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މައުސޫމް މި އަދު ހެނދުނު ފުނަދުއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ މިއަދު ހަވީރު ނަރުދޫގައި ފެށުމަށް ހަމަޖެހިފައިވާ ޓޫރިޒަމް 50 މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ށ.އަތޮޅުކައުންސިލްގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެމަނިކުފާނު ނަރުދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޢާޠިފާއި، ސީނިޔަރ އެގްޒެކެޓިވް ޑިރެކްޓަރ އިލްޔާސް މުޙައްމަދާއި، އެގްޒެކެޓިވް ޑިރެކްޓަރ ފަޒްލާ ޢަލީ އާއި، އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު ޢަބީރު އިސްމާޢީލާއި، މިނިސްޓަރގެ ޕީ.އެސް.އޯ އާދަމް ޠަލާލު އާއި، ލީގަލް އޮފިސަރ އުޝާ އިބްރާހީމް ބައިވެރިވެވަޑައިގަންނަވައެވެ.