ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޚާއްޞާ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ށ.އަތޮޅު ކައުންސިލްގައި ބާއްވައިފިއެވެ.
މިއަދު ހެނދު 6:00 ގައި ށ.އަތޮޅުކައުންސިލުގައި ބޭއްވުނު މި ރަސްމިއްޔާތު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން ފައްޓަވައިދެއްވީ ފުނަދޫ ސްކޫލުގެ ދަރިވަރު ޝިޔާ ރަޝީދެވެ. ޤައުމީ ދިދަ ނަންވައިދެއްވީ ށ. އަތޮޅުކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމެވެ. މި ރަސްމިއްޔާތު ނިމިގެން ދިޔައީ އެންމެހާ ޙާޟިރީން ބައިވެރިވާ ޤައުމީ ސަލާމުންނެވެ.
މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމާއި، ފުނަދޫގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ކުންފުނިތަކުގެ ވެރިންނާއި، ފުނަދޫ ސްކޫލުގެ ގްރޭޑް 7 އިން ފެށިގެން މަތީގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީރޫޙު އާލާކޮށް ދިރުވުމާއި، ޤައުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ށ.އަތޮޅުކައުންސިލާއި، ށ.އަތޮޅުގައި ހުރި މުއްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިޔަށްގެންދެވުނު ރަސްމިއްޔާތެކެވެ.