އެސް.ޓީ.އޯ ވިޔަވަތި ޤުރުއާން މުބާރާތުގައި ބައިވެރިވެ ވަނަތައް ޙާޞިލުކުރި ބައިވެރިންގެ ތެރެއިން 35 ވަނަ ޤައުމީ މުބާރާތުގައި ށ.އަތޮޅުގެ ޓީމަށް ހޮވުނު ދަރިވަރުންނަށް ލިއުން ޙަވާލުކޮށްދެއްވައިފިއެވެ.
އިއްޔެ ހެނދުނު ބޭއްވުނު އެސް.ޓީ.އޯ ވިޔަވަތި ޤުރުއާން މުބާރާތުގެ ވަނަތަކަށް އައި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވުނު ޖަލްސާގައި އަތޮޅު ޓީމަށް ހޮވުނު ބައިވެރިންނަށް ލިއުން ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހުމާނު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީއެވެ.
ށ.އަތޮޅު ޓީމަށް ނެގިފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން 12 ދަރިވަރުންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން 11 ދަރިވަރުންނާއެކު ޖުމުލަ 23 ދަރިވަރުންނެވެ.
ށ.އަތޮޅު ޓީމަށް ހޮވިފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން މިލަންދޫ ސްކޫލުގެ ދަރިވަރު ފާޠިމަތު ޝުރުފާ ޝަފާޛު އާއި، ހައުލާ ބިންތު ޢަބްދުލްޚަލީލު އާއި، އާމިނަތު އިފްލާ ފަތުޙުﷲ އާއި، އާމިނަތު ރައިޝާ ރަޝީދު އާއި، އާމިނަތު ސިޒާ މުޙައްމަދާއި، މަރްޔަމް މައިހާ އާއި، ފުނަދޫ ސްކޫލުގެ ދަރިވަރު ޤައިސާ ޙުސައިނާއި، ޚައިރާ ޙުސައިނާއި، ފާޠިމަތު ޔަޝްމީ ފާއިޒު އާއި، ފޯކައިދޫ ސްކޫލުން ހަދާޔާ ބިންތު މުޙައްމަދާއި، އެ ސްކޫލުގެ ދަރިވަރު ޖަންނަތު ޝަރީފު އާއި، ފީވަކު ސްކޫލުގެ ދަރިވަރު މުޙައްމަދު ރާއިން ރަފީޢެވެ. ނުބަލައި ކިޔެވުމުގެ ގޮފިން މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ކުރޫމް މުޙައްމަދާއި، ބަތުނާ ބިންތު އަޙްމަދު ޞަބާޙާއި، ޢާއިޝަތު ޝިރުފާ ޝަފާޛު އާއި، ފާޠިމަތު ސިލީން އަޙްމަދު ޢާޠިފް އާއި، ޢާއިޝަތު ޞަބާ އާއި، ޢާއިޝަތު ޝަވްނީ އާއި، ޢާއިޝަތު ނައުޝާ އިސްމާޢީލް ހޮވިފައިވެއެވެ. އަދި ފުނަދޫ ސްކޫލުގެ ދަރިވަރު އަލްޔާން ޢަލީ އާއި، ފޭދޫ ސްކޫލުގެ ދަރިވަރު އަމަތުﷲ ސައުދުﷲ އާއި، މާއުނގޫދޫ ސްކޫލުން ޙުސައިން ޒާއިން އާއި، ފޯކައިދޫ ސްކޫލުގެ ދަރިވަރު އާޔާ ބިންތު މުޙައްމަދާ ލިއުން ޙަވާލުކުރައްވާފައިވެއެވެ.
ށ.އަތޮޅުގެ ޓީމުގެ ބައެއް ބައިވެރިން ވަނީ މިދިޔަ އަހަރު ބޭއްވުނު ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ވާދަކޮށް ވަނަތައް ވެސް ހޯދާފައެވެ.