އެސް.ޓީ.އޯ ވިޔަވަތި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ބައިވެރިންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވައިފި


ށ.އަތޮޅު ކައުންސިލްގެ މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވުނު އެސް.ޓީ.އޯ ވިޔަވަތި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ބައިވެރިންނަށް ތައްޓާއި، ހަނދާނީ ލިއުން ހަވާލުކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު 10:30 ގައި ފުނަދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައި ކުރިޔަށްގެންދެވުނު މި ރަސްމިއްޔާތު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން ފަށްޓަވައިދެއްވީ ފުނަދޫ ސްކޫލުގެ ދަރިވަރު މުޙައްމަދު ޝުޖުޢާން ޙަސަން އެވެ. ޖަލްސާގައި މަރުޙަބާ އާއި، ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަދެއްކެވީ ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމެވެ. އެމަނިކުފާނުގެ ވާހަކައިގައި މުބާރާތް ބޭއްވުމުގައި އިސްލާމިކް މިނިސްޓްރީން ދެއްވާފައިވާ އެހީތެރިކަމާއި، މުބާރާތް ހިންގުމަށްޓަކައި އެސް.ޓީ.އޯ އިން ދެއްވާފައިވާ އެހީ އާއި،  ފެނަކަ ކޯޕަރޭޝަނާއި، އެފް.އެސް.އެމް އިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަދި މުބާރާތް ރާވައި ހިންގުމުގައި ށ.ފުނަދޫ ކައުންސިލާއި، ފުނަދޫ ސްކޫލާއި، ފުނަދޫ ޕޮލިސް ސްޓޭޝަނުން ފަންނީގޮތުން ދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

މުބާރާތުގެ ބައިވެރިންގެ ކިޔެވުމުގައި ޚާއްޞަކޮށް ފާހަގަކުރެވުނު ކުށްތައް ފާހަގަކުރައްވައި، އެކަންކަން ރަނގަޅުކުރުމަށް ދަރިވަރުންނަށް އިރުޝާދު ދެއްވެވީ މުބާރާތުގެ އިސްފަނޑިޔާރު އައްޝައިޚް ޙަސަން ތަޢުފީޤެވެ.

މުބާރާތުގެ ޝަރުފްވެރި މެހުމާން މިނިސްޓަރ އޮފް  އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީގެ ވާހަކަފުޅުގައި މުބާރާތުން ވަނަތައް ޙާޞިލުކުރެއްވި ދަރިވަރުންނާއި، މުބާރާތުގައި ބައިވެރިވެ ރަނގަޅު ނަތީޖާއެއް ހޯދިފައިނުވާ ދަރިވަރުންނަށް މަރުޙަބާ ދަންނަވައި ހިއްވަރުދެއްވައި ވާހަކަފުޅުދެއްކެވިއެވެ.

މުބާރާތް ރާވައި ހިންގުމުގައި އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ފިލާ ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމު ޙަވާލުކޮށްދެއްވާފައިވާއިރު، މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިއުން ޙަވާލުކޮށްދެއްވައި ފައުންޑޭޝަން ސްޓޭޖް، ކީ ސްޓޭޖް 1، 2، 3، 4، 5 ން 3ވަނަ ޙާޞިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީލިއުން ޙަވާލުކޮށްދެއްވީ ފުނަދޫ ސްކޫލުގެ ޕްރިންސިޕަލް ފާޠިމަތު ޙަފްޞާއެވެ. އެސް.ޓީ. އޯ ވިޔަވަތި ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިއުން ށ.އަތޮޅުކައުންސިލް މެމްބަރ ޢަބްދުﷲ ޒިޔާދު ޙަވާލުކޮށްދެއްވި އިރު ޕައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް 1، 2، 3، 4، 5 ން 2ވަނަ އަށް އައި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްފުޅެވެ. ޕައުންޑޭޝަން ކީ ސްޓޭޖް 1، 2، 3، 4، 5 އިން 1ވަނަ ޙާޞިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ އެސް.ޓީ. އޯގެ ޑިޖިޓަލް ކޮމިއުނިކޭޝަން ކޯޕަރޭޓް އެފެއާޒުގެ މެނޭޖަރ ޢަބްދުﷲ ޔާމީނެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން ނާއި، ނުބަލައި ކިޔެވުމުގެ ގޮފިން 1، 2، 3ވަނަ  ޙާޞިލުކުރި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިއުން ބައްސަވައިދެއްވައި، 35ވަނަ ޤައުމީ ޤުރުއާން މުބާރާތަށް ހޮވުނު ދަރިވަރުންނަށް ލިއުން ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން  މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މި މުބާރާތުގެ ފައުންޑޭޝަން ސްޓޭޖުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ށ.މިލަންދޫ ސްކޫލުގެ ދަރިވަރު ފާޠިމަތު ޝުރުފާ ޝަފާޛު ޙާޞިލުކޮށްފައިވާއިރު 3ވަނަ ޙާޞިލުކޮށްފައިވަނީ ފުނަދޫ ސްކޫލުގެ ދަރިވަރު ޤައިސާ ޙުސައިނެވެ. ފައުންޑޭޝަން ސްޓޭޖުން ނުބަލައި ކިޔެވުމުގެ ގޮފިން 2ވަނަ ޙާޞިލުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ކުރޫމް މުޙައްމަދެވެ. ކީ ސްޓޭޖް 1 އިން ބަލައިގެން ކިޔެވުމުގެ ގޮފިން ށ. މިލަންދޫ ސްކޫލުގެ ދަރިވަރު ހައުލާ ބިންތު ޢަބްދުލްޙަލީލު 1ވަނަ ޙާޞިލުކޮށްފައިވާއިރު 3ވަނަ ޙާޞިލުކޮށްފައިވަނީ ފުނަދޫ ސްކޫލުގެ ދަރިވަރު ޚައިރާ ޙުސައިނެވެ. އަދި މި ކީ ސްޓޭޖުން ނުބަލާ ކިޔެވުމުގެ ގޮފިން ށ. މިލަންދޫ ސްކޫލުގެ ދަރިވަރު ބަތުނާ ބިންތު އަޙްމަދު ޞަބާޙު 1 ވަނަ ޙާޞިލުކުރިއިރު ދެވަނަ ޙާޞިލުކޮށްފައިވަނީ ށ.ފޭދޫ ސްކޫލުގެ ދަރިވަރު އަމަތުﷲ ސަޢުދުﷲ އެވެ. 3ވަނަ ޙާޞިލުކޮށްފައިވަނީ ށ. ކަނޑިތީމު ފަލަކު ރިކްޒު ބިންތު މޫސާ ރުޝްދީއެވެ. ކީ ސްޓޭޖް 2 އިން ބަލައިގެން ކިޔެވުމުގެ ގޮފިން ފޯކައިދޫ ސްކޫލުގެ ހަދާޔާ ބިންތު މުޙައްމަދު 1ވަނަ ޙާޞިލުކުރިއިރު، ދެވަނަ ޙާޞިލުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު އިފްލާ ފަތުޙުﷲ އެވެ. އަދި މި ކީ ސްޓޭޖުން 3ވަނަ ޙާޞިލުކޮށްފައިވަނީ ށ. ފީވަކު ސްކޫލުގެ ދަރިވަރު ފާޠިމަތު ރާޖިހާ ބިންތު ރަފީޢުއެވެ. މި ކީ ސްޓޭޖުގެ ނުބަލާ ކިޔެވުމުގެ ގޮފިން 1ވަނަ ށ. މިލަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ޝިރުފާ ޝަފާޛު ޙާޞިލުކުރިއިރު ދެވަނަ ޙާޞިލުކޮށްފައިވަނީ ފުނަދޫ ސްކޫލުގެ ދަރިވަރު މާލިކު ޝަރީފް މުޙައްމަދެވެ. އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ މާއުނގޫދޫ ސްކޫލުގެ ދަރިވަރު ޙުސައިން ޒާއިންއެވެ.  ކީ ސްޓޭޖް 3 އިން ބަލައިގެން ކިޔެވުމުގެ ގޮފިން ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ސިޒާ މުޙައްމަދު 1ވަނަ ޙާޞިލުކުރިއިރު ދެވަނަ ޙާޞިލުކޮށްފައިވަނީ ފުނަދޫ ސްކޫލުގެ ދަރިވަރު ފާޠިމަތު ޔަޝްމީ ފާއިޒެވެ. ތިންވަނަ ޙާޞިލުކޮށްފައިވަނީ ށ. ފީވަކު ސްކޫލުގެ ދަރިވަރު އާމިނަތު އުލްފާ ޢަބްދުއްޝަކޫރެވެ. މި ކީ ސްޓޭޖުން ނުބަލައި ކިޔެވުމުގެ ގޮފިން 1ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ ސްކޫލުގެ ދަރިވަރު ފާޠިމަތު ސިލީން އަޙްމަދު ޢާޠިފް ހޯދާފައިވާއިރު، ދެވަނަ ޙާޞިލުކޮށްފައިވަނީ ފޯކައިދޫ ސްކޫލުގެ ދަރިވަރު އާޔާ ބިންތު މުޙައްމަދެވެ. އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ރުދާ އިބްރާހީމެވެ. ކީ ސްޓޭޖް 4 އިން ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ރައިޝާ ރަޝީދު ޙާޞިލުކުރިއިރު ދެވަނަ ޙާޟިލުކޮށްފައިވަނީ ށ. ފީވަކު ސްކޫލުގެ ދަރިވަރު މުޙައްމަދު ރާއިން ރަފީޢުއެވެ. ތިންވަނަ ޙާޞިލުކޮށްފައިވަނީ ގޮއިދޫ ސްކޫލުގެ ދަރިވަރު އާމިނަތު ޢައިނީއެވެ. ނުބަލައި ކިޔެވުމުގެ ގޮފިން 1ވަނަ މިލަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ޝަބާ ޙާޞިލުކޮށްފައިވާއިރު 2ވަނަ ޙާޞިލުކޮށްފައިވަނީ އެ ސްކޫލުގެ ދަރިވަރު ޢާއިޝަތު ޝަވްނީއެވެ. ކީ ސްޓޭޖް 5 އިން ނުބަލައި ކިޔެވުމުގެ ގޮފިން 1ވަނަ މިލަންދޫ ސްކޫލުގެ ދަރިވަރު މަރްޔަމް މައިހާ ހޯދާފައިވާއިރު 2ވަނަ ޙާޞިލުކޮށްފައިވަނ|ީ ފޯކައިދޫ ސްކޫލުގެ ދަރިވަރު ޖަންނަތު ޝަރީފެވެ. ނުބަލައި ކިޔެވުމުގެ ގޮފިން 1ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ނައުޝާ އިސްމާޢީލެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ރައިޝާ ރަޝީދު ޙާޞިލުކޮށްފައިވާއިރު ދެވަނަ ޙާޟިލުކޮށްފައިވަނީ ށ. ފީވަކު ސްކޫލުގެ ދަރިވަރު މުޙައްމަދު ރާއިން ރަފީޢުއެވެ. އަދި ތިންވަނަ ޙާޞިލުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ސިޒާ މުޙައްމަދެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1ވަނަ ޙާޞިލުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ޞަބާއެވެ. އަދި ދެވަނަ އެ ސްކޫލުގެ ދަރިވަރު ޢާއިޝަތު ޝިރުފާ ޝަފާޛު ޙާޞިލުކުރިއިރު 3ވަނަ ޙާޞިލުކޮށްފައިވަނީވެސް އެ ސްކޫލުގެ ދަރިވަރު ޢާއިޝަތު ނަޢުޝާ އިސްމާޢީލެވެ. މުޅި މުބާރާތުން ފަޚުރުވެރި 1ވަނަ އަށް މިލަންދޫ ސްކޫލު ހޮވިފައިވާއިރު ދެވަނައަށް ފޯކައިދޫ ސްކޫލު އަދި ތިންވަނަ އަށް ހޮވިފައިވަނީ ފުނަދޫ ސްކޫލެވެ.

މި މަހުގެ 22 އިން 24 އަށް ކުރިޔަށްގެންދެވުނު މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖެއްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދު މަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމާއި، ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ޤައުމީ މުބާރާތަށް ބޭނުންވާ ބައިވެރިން އުފެއްދުމާއި، އަތޮޅު ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ރޫޙު އަށަގެންނެވުމާއި، ޤާރީންނާއި، ޙާފިޡުން އުފެއްދުމަށް ބާރުއަޅައި ހިތްވަރުދިނުމާއި، ސްކޫލުތަކުގެ މެދުގައި ބަދަހި ގުޅުމެއް ޤާއިމުކުރުމެވެ.