ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 52ވަނަ ޢާއްމު ޖަލްސާގެ ދަޢުވަތު


ތަން: މީޓިންގ ރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ
ތާރީޚާއި ގަޑި: ‏15 ސެޕްޓެންބަރު 2022 ، ބުރާސްފަތި،    ހެނދުނު:  10:00

އެޖެންޑާ

  1. ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން 
  1. ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
    • ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ނަންބަރު 221-LMI/2022/304 (05 ސެޕްޓެންބަރު 2022) ސިޓީން އަތޮޅު ކައުންސިލުގެ ހިންގާ ޤަވާޢިދަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙާ ގުޅޭގޮތުން މަޝްވަރާކޮށް ޤަވާޢިދު ފާސްކުރުން.
  1. ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން 
  • ޚަރަދުކުރުމަށް ފައިސާ ނެތް ކޯޑުތަކަށް ބޭނުންވާ ފައިސާ އިތުރުކުރުމަށް ބަޖެޓް ކޮންޓްރޯލް ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • މިލައުތުރުކީސާގެ އިވެލުއޭޝަން ކްރައިޓީރިއާ އިޞްލާޙުކުރުން
  • ޓޫރިޒަމް 50 ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ބަޖެޓް ފާސްކުރުން
  • ޓޫރިޒަމް 50 ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހޯސްޓްކުރާނެ ރަށްތައް ކަނޑައެޅުން
  • އެން.ޖީ.އޯތަކުން ހުށަހެޅި ޕްރޮޕޯސަލް އިވެލުއޭޓްކުރުމަށްފަހު ކޮމެޓީން އެކުލަވާލި ރިޕޯޓް ކައުންސިލާ ހިއްސާކުރުން.
  • ށ.އަތޮޅުކައުންސިލްގެ 2023 މެދުރާސްތާ ބަޖެޓް ކައުންސިލާ ހިއްސާކުރުން.
  1. ކައުންސިލަރުން ހުށައަޅުއްވާ ކަންކަން

4.1 އަތޮޅުކައުންސިލުގެ ފިޒިކަލް ޖަލްސާތަކަށާއި، އަތޮޅުކައުންސިލުން ބާއްވާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވުމަށްފުނަދުއަށް ކުރައްޖެހޭ ދަތުރުތައް އާރު.ޓީ.އެލް ފެރީ ނިޒާމު މެދުވެރިކޮށް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން. 

  1. އިދާރީ މައްސަލަތައް
    • މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 4ވަނަ ދައުރުގެ 51ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  1. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން

ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.

‏          12‏ ސެޕްޓެންބަރު‏ 2022