ނަންބަރު: (N)227-2022/32
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: އިޖްތިމާޢީ ޕްރޮގްރާމުތަކަށް މާލީއެހީއަށް އެދި ހުށަހަޅާފައިވާ ޕްރަޕޯސަލްތައް އިވެލުއޭޓްކުރުމަށް އިވެލުއޭޝަން ކޮމެޓީއެއް އެކުލަވާލުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
އިޖްތިމާޢީ ޕްރޮގްރާމުތަކަށް މާލީއެހީއަށް އެދި ހުށަހަޅާފައިވާ ޕްރަޕޯސަލްތައް އިވެލުއޭޓްކުރުމަށް އެކުލަވާލާ ކޮމެޓީގައި އަތޮޅުގެ ކޮންމެ ދާއިރާއަކުން މެންބަރަކު ހިމެނުމަށާއި، އެގޮތުން ކަނޑިތީމު ދާއިރާއިން ށ.ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދު، މިލަންދޫ ދާއިރާއިން ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުސިދު، ކޮމަންޑޫ ދާއިރާއިން ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާން، ފުނަދޫ ދާއިރާއިން ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރު އަދި އަތޮޅު ކައުންސިލުގެ އިދާރީ 3 މުވައްޒަފުން ހިމެނުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2022 އޯގަސްޓް 4ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 48ވަނަ ޢާއްމު ޖަލްސާއިންނެވެ.
04 އޯގަސްޓް 2022