ނަންބަރު: (N)227-2022/31
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި އަތޮޅު ތަމްސީލުކޮށް ވަނަތައް ހޯދި ދަރިވަރުންނަށް ފައިސާގެ އިނާމުދިނުމަށް ބަޖެޓަށް ބަދަލުގެނައުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި އަތޮޅު ތަމްސީލުކޮށް ވަނަތައް ހޯދި ދަރިވަރުންނަށް ފައިސާގެ އިނާމުދިނުމަށް މި އަހަރުގެ ބަޖެޓުގެ “ޖަލްސާ ސެމިނަރފަދަ ކަންތައްތަކަށް ކުރާ ޚަރަދު އައިޓަމުން، ” ސަރުކާރުން އިނާމުގެ ގޮތުގައި ދެވޭ ފައިސާ” އައިޓަމަށް ބަދަލުކޮށް، ބަޖެޓް ކޮންޓްރޯލަށް ބަދަލު ގެނެސްގެން ޚަރަދުކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2022 ޖޫން 30ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 46ވަނަ ޢާއްމު ޖަލްސާއިންނެވެ.
07 ޖުލައި 2022