ނަންބަރު: (N)227-2022/27
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: މިލައުތުރުކީސާ ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
އިދާރީ ޔުނިޓުން މިލައުތުރުކީސާ ޢިމާރާތް ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ތައްޔާރުކޮށް ހުށަހަޅުއްވާފައިވާ ކަރުދާހަށް ށ.ފުނަދޫ ކައުންސިލްގެ ރައީސް ހުށަހަޅުއްވައި، ބިލެތްފަހީ ކައުންސިލުގެ ރައީސް ތާޢީދުކުރައްވާފައިވާ އިޞްލާޙު “ކަރުދާހުގެ 4 ވަނަ ނަންބަރު “ހުށަހެޅުންތައް ވަޒަންކުރާނެ މިންގަނޑު” ގެ “ކުލި” މި ބަޔަށް “60” ޕޮއިންޓް، “މާލީ ޤާބިލުކަން” މިބަޔަށް “20” ޕޮއިންޓް، އަދި ޕޮއިންޓް ދެވޭ ބައިތަކުގެ ތެރެއަށް “އިންވެސްޓްމަންޓް” އިތުރުކޮށް މި ބަޔަށް “20” ދޭ ގޮތަށް އިޞްލާޙުކޮށް ކަރުސާސް ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2022 ޖޫން 21ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 44ވަނަ ޢާއްމު ޖަލްސާއިންނެވެ.
21 ޖޫން 2022