ކައުންސިލްގެ ނިންމުން
ނަންބަރު: (N)227-2022/25
- ހުށަހެޅުން: އަތޮޅުކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އަތޮޅުގެ އާއި، އަތޮޅުވެއްސާއި، މަރިޔާދުގެ އާއި، ފުނަފަތި ފާމަސީ އާއި، ވިޔަވަތި ލާންޗާއި، އަތޮޅުކައުންސިލުން ބައުވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަންކިއުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
އަތޮޅުކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އަތޮޅުގެ އާއި، އަތޮޅުވެއްސާއި، މަރިޔާދުގެ އާއި، ފުނަފަތި ފާމަސީ އާއި، ވިޔަވަތި ލާންޗާއި، އަތޮޅުކައުންސިލުން ބައުވެގެން ނަގާފައިވާ ބައެއް ތަކެތީގެ ނީލަން ލިސްޓްގައިވާ ތަކެތި އިދާރީ ޔުނިޓުން ހުށަހަޅުއްވާފައިވާ ގޮތުގެމަތީން ނީލަންކިއުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2022 ޖޫން 16ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 43ވަނަ ޢާއްމު ޖަލްސާއިންނެވެ.
16 ޖޫން 2022