ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 49 ޢާއްމު ޖަލްސާގެ ދަޢުވަތު


ތަން: ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ތާރީޚާއި ގަޑި: ‏15 އޯގަސްޓް 2022 ، ހޯމަ،   ހެނދުނު 10:00

އެޖެންޑާ

  1. ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން 
  1. ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
  1. ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން 
  • ށ.އަތޮޅުކައުންސިލް އިދާރާގައި އިމަރޖެންސީކޮށް ބޭނުންކުރުމަށް ހޯދާފައިވާ މޮޑެލް ނަންބަރު GBL42 “ޑޮއިޓްސް”  39KVA ގެ ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމާ ގުޅޭގޮތުން ގޮތެއް ނިންމުން.
  • ވިޔަވަތި ލާންޗުގައި ބޭނުންކޮށްފައިވާ ނަންބަރު 1002700 “ޔަމަހާ” 225ގެ އައުޓްބޯޑް އިންޖީނާއި، ނަންބަރު 1002698 “ޔަމަހާ” 225ގެ އައުޓްބޯޑް އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • މިނިސްޓްރީ އޮފް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ނަންބަރު 30-E/227/2022/6 (04 އޯގަސްޓް 2022) ސިޓީއާއެކު ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ށ.ނަރުރިބުދޫ، ށ.ހޮރުބަދޫ (ހިރުބަދޫ) ވަރުވާއަށް ނުވަތަ ކުއްޔަށް ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުން.
  1. ކައުންސިލަރުން ހުށައަޅުއްވާ ކަންކަން 
  1. އިދާރީ މައްސަލަތައް
    • މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 4ވަނަ ދައުރުގެ 48 ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  1. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން

ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.

‏       08 އޯގަސްޓް  2022