ވިއުގަ 2 އަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ޕްރޮގްރާމު ހިންގައިފި


ށ.ފުނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އެޗް.އާރު ޔުނިޓައި މަސައްކަތްކުރާ މުވައްޒަފުން، ވިއުގަ 2 އަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމު ހިންގައިފިއެވެ.

އިއްޔެ ރޭ 8:30 ގައި ކުރިޔަށްގެންދިޔަ މި ޕްރޮގްރާމުގައި ށ.އަތޮޅުކައުންސިލާއި، ށ.ފުނަދޫ އަތޮޅުހޮސްޕިޓަލާއި، ފުނަދޫ ސްކޫލާއި، ފުނަދޫ ކައުންސިލާއި، އެފް. ސީ. އެސް. ސީގެ އެޗް. އާރު ޔުނިޓުގައި މަސައްކަތްކުރައްވާ 12 މުވައްޒަފަކު ބައިވެރިވެ ފުރިހަމަކޮށްފައިވެއެވެ.

މި ޓްރޭނިންގެ ތެރޭގައި ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދެއްކުމާއެކު ކުރިޔަށްގެންދެވޭ މި ޕްރޮގްރާމު އިންތިޒާމުކޮށް ކުރިޔަށްގެންގޮސްދެއްވާފައިވަނީ، ސީ.އެސް.ސީގެ ށ. އަތޮޅު ޓްރޭނަރ އަލްފާޟިލް މުޙައްމަދު ޙަމީދެވެ.

މި ޕްރޮގްރާމު މިއަހަރުގެ ކުރިޔަށްއޮތް ތަނުގައި ށ.އަތޮޅުގެ ދެން އޮތް 13 ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ށ.އަތޮޅުކައުންސިލުން މަޢުލޫމާތުދެއްވައެވެ.