ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 43ވަނަ ޢާއްމު ޖަލްސާގެ ދަޢުވަތު


ތަން: ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ތާރީޚާއި ގަޑި: ‏16 ޖޫން 2022 ، ބުރާސްފަތި    ހެނދުނު 10:00

އެޖެންޑާ

  1. ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން 
  1. ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
  1. ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން 
  • – މިލައުތުރުކީސާ ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • – އަތޮޅުކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އަތޮޅުގެ އާއި، އަތޮޅުވެއްސާއި،  މަރިޔާދުގެ އާއި، ފުނަފަތި ފާމަސީ އާއި، ވިޔަވަތި ލާންޗާއި، އަތޮޅުކައުންސިލުން ބައުވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަންކިއުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ބޮޑުޢީދު ފާހަގަކުރުމަށް އަތޮޅުގެ ކޮންމެ ރަށަކުން މަދަނީ 1 ޖަމްޢިއްޔާއަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  1. ކައުންސިލަރުން ހުށައަޅުއްވާ ކަންކަން 
  1. އިދާރީ މައްސަލަތައް
    • މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 4ވަނަ ދައުރުގެ 42 ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  1. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން

ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތައް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.

‏      13 ޖޫން  2022