ށ.އަތޮޅު ކައުންސިލުގެ މި އަހަރުގެ ބަޖެޓްގައި ހިމެނިގެން ކުރިޔަށްގެންދެވުނު ހޭންޑް ބޯލް ކޯޗިންގ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު 10:00 ގައި އަތޮޅުވެހި 2ގެ ކޮންފަރެންސް ހޯލުގައި ކުރިޔަށްގެންދެވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ށ.އަތޮޅުކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމެވެ. ރައީސްގެ ވާހަކަފުޅުގައި މިކޯހުގެ ބައިވެރިންގެ ފަރާތުން ކޯހުގެ މުއްދަތުގައި ފެނިފައިވާ ރިވެތި އަޚުލާޤުގެ މައްޗަށް އަލިއަޅުވާލައްވައި، ކޯހުން ލިބުނު ފިލާވަޅުތަކާ އެއްގޮތަށް ރަށްރަށުގައި ކޯޗިންގ ކޯސްތައް ހިންގައި، މި އަހަރު އަތޮޅުކައުންސިލުން ބާއްވާ ހޭންޑްބޯލް މުބާރާތުގައި ރަނގަޅު ޓީމުތަކެއް އެކުލަވާލުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި މި ޕްރޮގްރާމު ކުރިޔަށްގެންދިއުމުގައި ހޭންޑްބޯލް މޯލްޑިވްސްއިން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިއުން ބައްސަވައިދެއްވީ ށ.އަތޮޅުކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމާއި، ކައުންސިލްގެ ސީނިޔަރ ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ޙަމީދާއި، ކޯޗް އިބްރާހީމް ހައިޝަމް ޢަބްދުﷲ އެވެ. މިރަސްމިއްޔާތުގައިށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ކޯޗުންނަށް ހަނދާނީ ލިއުން ޙަވާލުކޮށްދެއްވާފައިވާއިރު، ކޯޗުންނާއި، އެންމެހާ ބައިވެރިން ސޮއިކޮށްފައިވާ ބޯޅަ އަތޮޅު ކައުންސިލާ ޙަވާލުކޮށްދެއްވީ ކޯޗް އިބްރާހީމް ހައިޝަމް ޢަބްދުﷲ އެވެ.
ށ.އަތޮޅުކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، މޯލްޑިވްސް އިންސްޓިޓިއުޑް އޮފް ސްޕޯޓްސް އާއި، ގުޅިގެން މިމަހުގެ 6 އިން 13 އަށް ށ.ފުނަދޫގައި ކުރިޔަށްގެންދެވުނު މިކޯހުގައި 11 ރަށަކުން 24 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވާއިރު 20 ބައިވެރިންވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ.