ކައުންސިލްގެ ނިންމުން
ނަންބަރު: (N)227-2022/23
- ހުށަހެޅުން: އ.ތ.މ ކޮމެޓީތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތަށް ސްޕޮންސަރުން މިހާތަނަށް ހަދިޔާކޮށްފައިވާ ކޮމްޕިއުޓަރތައް ރަށްރަށަށް ދޫކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކުމަށް ކުރަމުންދާ މަސައްކަތަށް ސްޕޮންސަރުންގެ ފަރާތުން މިހާތަނަށް ލިބިފައިވާ ކޮންޕިއުޓަރ ސިސްޓަމްތަކުގެ ތެރެއިން މިހާރު ދޫކުރެވެންހުރި 5 ކޮމްޕިއުޓަރ ސިސްޓަމް، އަންހެނުންގެ ކޮމެޓީތަކުގެ އައިޓީ އިވެލުއޭޝަނެއް ހަދައި އަދި ކޮމެޓީތަކުގެ ޕާފޯމަންސަށް ބަލައި ރައީސްގެ ރައީސްގެ މަޝްވަރާގެމަތީން ކޮމެޓީތަކަށް ދޫކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2022 ޖޫން 12ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 42ވަނަ ޢާއްމު ޖަލްސާއިންނެވެ.
09 ޖޫން 2022