ނަންބަރު: (N)227-2022/21
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 36ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވާ ދަނޑުވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމު ނިންމުން ރިވިއުކުރުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
ށ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 36 ވަނަ ޖަލްސާއިން ނިންމަވާ ގޮތުގެމަތީން ދަނޑުވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައިނުވާތީ، އަލުން މުޅިއަތޮޅަށް ފުރުޞަތު ހުޅުވާލައި، އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ކައުންސިލުގެ ޖަލްސާއަކުން އެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތައް ކަނޑައަޅާގޮތަށް ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2022 މެއި 19 ދުވަހުގެ މެންދުރުފަހު 1:00ގައި ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 40ވަނަ ޢާއްމު ޖަލްސާއިންނެވެ.
19 މެއި 2022