މާލީއެހީދޭނެ ޖަމްޢިއްޔާތަކުގެ ޢަދަދާއި، ޖަމްޢިއްޔާއަކަށް ދޫކުރާނެ ޢަދަދު ކަނޑައެޅުން-2022/18


ކައުންސިލްގެ ނިންމުން

ނަންބަރު: (N)227-2022/18

  • ހުށަހެޅުން: ޖަމްޢިއްޔާތަކުން ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީ ދިނުމުގެ އުޞޫލުގައިވާ ގޮތުގެމަތީން 2022ވަނަ އަހަރު މާލީއެހީދޭނެ ޖަމްޢިއްޔާތަކުގެ ޢަދަދާއި، މާލީއެހީގެ ގޮތުގައި ގިނަވެގެން ޖަމިއްޔާއަކަށް ދޫކުރާނެ ފައިސާގެ ޢަދަދު ކަނޑައެޅުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

މަދަނީ ޖަމްޢިއްޔާތަކުން ރާވާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީދިނުމުގެ ޕްރޮގްރާމު ހިންގުމަށް 2022ވަނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުން  އަތޮޅުން ހޮވާލެވޭ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ 3 ޖަމިއްޔާއަކަށް، ކޮންމެ ޖަމްޢިއްޔާއަކަށް 75,000/- ރުފިޔާ ދިނުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2022 އޭޕްރީލް 28ވަނަ  ދުވަހުގެ ހެނދުނު 10:00ގައި  ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 38ވަނަ ޢާއްމު ޖަލްސާއިންނެވެ.

28 އޭޕްރީލް 2022