ފިޝަރީޒް މިނިސްޓްރީގެ 2022/2 ސިޓީގައިވާ ކަންތައްތަކާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުން- 2022/15


ކައުންސިލްގެ ނިންމުން

ނަންބަރު: (N)227-2022/15

  • ހުށަހެޅުން: ށ.އަތޮޅު ކައުންސިލުން 23 ފެބްރުއަރީ 2022ގައި ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން އާއެކު ބޭއްވެވި ބައްދަލުވުމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ފޮނުވާފައިވާ ނަންބަރު 30-A/227/2022/2 (24 މާރިޗު 2022) ސިޓީގައިވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

ފިޝަރީޒް މިނިސްޓްރީގެ ނަންބަރު 30-A/227/2022/2 (24 މާރިޗު 2022) ސިޓީގައިވާ ކަންތައްތަކުގެ ތެރެއިން އައިސްޕްލާންޓް ށ.އަތޮޅުގެ 14 ރަށުގައި ޤާއިމުކުރުމަށާއި، ދަނޑުވެރިކަމުގެ ތަމްރީނު ދެ މީހަކަށް ދިނުމަށް އޮތް ފުރުޞަތުގައި އަތޮޅުގެ ދެ ސަރަޙައްދު ނެގުމުގެ ގޮތުން ގޮއިދޫ، ނަރުދޫ އިން ރަށަކުން މީހަކު ފޮނުވައިގެން ދަނޑުވެރިކަމުގެ ތަމްރީނު ދިނުމަށް ފާސްކޮށް، ފަޅުރަށްތަކުގެ މައްސަލާގައި އަތޮޅުކައުންސިލުގައި ހުރި ކޮންސާންތައް ބަޔާންކޮށް އެ މިނިސްޓްރީގައި ސިޓީއަކުން ދެންނެވުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2022 އޭޕްރީލް 10ވަނަ  ދުވަހުގެ ހެނދުނު 10:00ގައި  ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 36ވަނަ ޢާއްމު ޖަލްސާއިންނެވެ.

10 އޭޕްރީލް 2022