ކައުންސިލްގެ ނިންމުން
ނަންބަރު: (N)227-2022/14
- ހުށަހެޅުން: 2022ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ޞިއްޙީ ދާއިރާއަށް އަމާޒުކޮށް ހިންގޭ ޕްރޮގްރާމު ކުރިޔަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
2022ވަނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދާއިރާއަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމުތަކަށް ކަނޑައެޅިފައިވާ ފައިސާ، ރަށުކައުންސިލް މެދުވެރިކޮށް އެ ރަށްރަށުގެ ޞިއްޙީ އިދާރާތަކަށް ދޫކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2022 އޭޕްރީލް 10ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 36ވަނަ ޢާއްމު ޖަލްސާއިންނެވެ.
10 އޭޕްރީލް 2022