ކައުންސިލްގެ ނިންމުން
ނަންބަރު: (N)227-2022/13
- ހުށަހެޅުން: 2022ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ތަޢުލީމީ ދާއިރާއަށް އަމާޒުކޮށް ހިންގޭ ޕްރޮގްރާމު ކުރިޔަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
ތަޢުލީމީ ދާއިރާއަށް އަމާޒުކޮށް ހިންގޭ ޕްރޮގްރާމުތަކަށް 2022ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ފައިސާގެ ތެރެއިން ޕްރިންސިޕަލުންނަށް މަހާސިންތާއެއް ބޭއްވުމަށް 25,000 (ފަންސަވީސްހާސް) ރުފިޔާ ކެނޑުމަށްފަހު ބާކީ ހުރި ފައިސާ ރަށްރަށުގެ ސްކޫލުތަކުގެ ކޯ ކަރިކިއުލަމް އެކްރިޓިވިޓީތަކަށް އިދާރީބައިން ހުށަހަޅާފައިވާ ތަފްޞީލާ އެއްގޮތަށް ދޫކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2022 އޭޕްރީލް 10ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 36ވަނަ ޢާއްމު ޖަލްސާއިންނެވެ.
17 މާރިޗު 2022