ވިޔަވަތިލާންޗު މަރާމާތުތަށް ހިނގާނެ ޚަރަދު ފާސްކުރުން- 2022/10


ނަންބަރު: (N)227-2022/10

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: ވިޔަވަތި ލާންޗު މަރާމާތުކުރުމަށް ހިނގާނެ ޚަރަދާ ގުޅޭގޮތުން މަސްވަރާކޮށް ފާސްކުރުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

ވިޔަވަތި ލާންޗު މަރާމާތުކުރުމުގެ ޚަރަދު ތަފްޞީލުގައިވާ 859,613.00 ރުފިޔާ، ދުވެލި ޕްރޮގްރާމުގެ ދަށުން އައު ލާންޗެއް ގަތުމަށް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ 2,000,000.00 (ދެ މިލިއަން ރުފިޔާ) ގެ ތެރެއިން ނަގައި ވިޔަވަތި ލާންޗު މަރާމާތުކުރުމުގެ އައިޓަމަށް ބަދަލުކޮށްގެން އެ ޚަރަދުކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2022 މާރިޗު 17ވަނަ  ދުވަހުގެ ހެނދުނު 10:00ގައި  ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 34ވަނަ ޢާއްމު ޖަލްސާއިންނެވެ.

17 މާރިޗު 2022