ވިޔަވަތި ލާންޗުގެ މައްސަލާގައި ޢަމަލުކުރާނެ ގޮތެއް ނިންމުން- 2022/08


ކައުންސިލްގެ ނިންމުން

ނަންބަރު: (N)227-2022/08

  • ހުށަހެޅުން: ވިޔަވަތި ލާންޗު ސިޓީލާނީލަމުގައި ވިއްކާނުލެވިވާތީ، ލާންޗު މައްސަލާގައި ދެން ޢަމަލުކުރާނެ ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

ވިޔަވަތި ލާންޗު ނީލަމުގައި ވިއްކާލެވިފައިނުވާތީ، އެ ލާންޗު އިތުރަށް ހަލާކުވާން ނުބާއްވައި، ރަނިންގ ކަންޑިޝަނަށް ގެނައުމަށްޓަކައި އެންމެކުޑަ ޚަރަދަކުން މަރާމާތުކުރެވެން އޮތްގޮތަކަށް މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2022 މާރިޗު 03ވަނަ  ދުވަހުގެ ހެނދުނު 10:00ގައި  ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 33ވަނަ ޢާއްމު ޖަލްސާއިންނެވެ.

03 މާރިޗު 2022