މާލީއެހީ ން ހިންގުމަށް ފައިސާދޫކުރެވުނު ޕްރޮގްރާމުތަކުގެ ތެރެއިން ނުނިންމޭ ޕްރޮގްރާމުތައް ނިންމުމާބެހޭ-2022/7


ނަންބަރު: (N)227-2022/07

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: 2021ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރެވުނު 1.3 މިލިއަން ރުފިޔާގެ މާލީއެހީގެ ފައިސާއިން ހިންގުނު ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

2021ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރެވުނު 1.3 މިލިއަން ރުފިޔާގެ މާލީއެހީގެ ފައިސާއިން، ރަށުކައުންސިލްތަކާއެކު އެގްރިމެންޓްކުރެވިފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން މިހާތަނަށް ނުހިންގިވާ ޕްރޮގްރާމުތައް މިއަހަރުގެ ފުރަތަމަ ކްއާޓަރގެ ތެރޭގައި ކޮށްނިންމުމަށް ރަށުކައުންސިލްތަކަށް ފުރުޞަތު ދިނުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2022 ފެބުރުއަރީ 09ވަނަ  ދުވަހުގެ ހެނދުނު 10:00ގައި  ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 31ވަނަ ޢާއްމު ޖަލްސާއިންނެވެ.

09 ފެބުރުއަރީ 2022