ވިޔަވަތި ލާންޗު ސިޓީލާ ނީލަމުގައި ވިއްކާލުމާބެހޭ – 2022/05


ކައުންސިލްގެ ނިންމުން

ނަންބަރު: (N)227-2022/05

  • ހުށަހެޅުން: ށ.އަތޮޅުކައުންސިލްގެ ވިޔަވަތި ލޯންޗް ނީލަންކިއުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް: ދުވެލި ޕްރޮގްރާމުގައި ހިމެނޭ 36 ފޫޓުގެ ވިޔަވަތި ލާންޗު ސިޓީލާ ނީލަމުގައި ވިއްކާލުމަށް 2021 ޑިސެމްބަރ 9 ވަނަ ދުވަހުގެ ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 22 ވަނަ ޢާއްމު ޖަލްސާއިން ފާސްކުރެވިފައިވާ 700،000.00 (ހަތްލައްކަ) ރުފިޔާއަށް ވިއްކާލުމަށް 2022 ޖެނުއަރީ 05 ގައި އިޢުލާންކުރުމުން އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައިނުވަނީ އެއަގު ބޮޑުކަމުންކަމަށް ފެންނާތީ، ވިޔަވަތި ލާންޗުގެ ނީލަން 500،000.00 (ފަސްލައްކަ) ރުފިޔާއިން ފެށުމަށާއި، ފަހަރަކު ނީލަމަށް އިތުރުކުރެވޭނެ އެންމެކުޑައަގަކީ 50،000.00 (ފަންސާސްހާސް) ރުފިޔާ އަށް ކަމުގައި ބަދަލުކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2022 ފެބުރުއަރީ 02ވަނަ  ދުވަހުގެ ހެނދުނު 10:00ގައި  ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 30ވަނަ ޢާއްމު ޖަލްސާއިންނެވެ.

02 ފެބުރުއަރީ 2022