ކައުންސިލްގެ ނިންމުން
ނަންބަރު: (N)227-2022/02
- ހުށަހެޅުން: ށ.އަތޮކައުންސިލުގެ 2022ވަނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން މަޝްވަރާކޮށް ފާސްކުރުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ (2010/7)ގެ 93ވަނަ މާއްދާގައިވާ ގޮތުގެމަތީން 2022ވަނަ އަހަރަށް ލަފާކުރާ ށ.އަތޮޅުކައުންސިލްގެ ބަޖެޓަށް ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދު ހުށަހެޅުއްވި އިޞްލާޙާ އެކު ފާސްކޮށްފީމެވެ. އަދި އެޤާނޫނުގެ 94ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތީން އެކުލަވާލެވުނު ބަޖެޓް ސްޓޭޓްމަންޓާއި، ކައުންސިލުން ހިންގާ ވިޔަފާރިތަކާ ގުޅޭ ހިސާބުތައް ޞައްޙަކަމަށް ފާސްކޮށްފީމެވެ.
މިގޮތަށް ނިންމާފައިވަނީ 2022 ޖަނަވަރީ 12ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ.އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 26ވަނަ ޢާއްމު ޖަލްސާއިންނެވެ.
12 ޖަނަވަރީ 2022