ކައުންސިލްގެ ނިންމުން
ނަންބަރު: (N)227-2021/29
- ހުށަހެޅުން: ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-POD/227/2021/9 (22 ޑިސެންބަރު 2021) ސިޓީން ކައުންސިލުގެ ނިންމުމަށް ބެލުމެއްނެތި ށ.އަތޮޅުކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރުމުގައި ޢަމަލުކުރަމުންދާގޮތް ބަލައި ނުގަނެވޭތީ، އަތޮޅުކައުންސިލުގެ ފަރާތުން މި މައްސަލައާ ގުޅިގެން ޤަރާރެއް ނެރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: ޢަބްދުﷲ ޒިޔާދު ށ.ބިލެތްފަހީ ކައުންސިލްގެ ރައީސް
- ނިމުނުގޮތް:
ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-POD/227/2021/9 (22 ޑިސެންބަރު 2021) ސިޓީން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރުމާ ގުޅޭގޮތުން އަތޮޅުކައުންސިލް މެމްބަރ ޢަބްދުﷲ ޒިޔާދު (ބިލެތްފަހީ ކައުންސިލްގެ ރައީސް) ހުށަހެޅުއްވި ގޮތަށް ޤަރާރު ފާސްކޮށް، އެ ޤަރާރުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފޮނުވައި، ޤަރާރާ އެއްގޮތަށް ޢަމަލުކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2021 ޑިސެންބަރު 23ވަނަ ދުވަހުގެ 11:30 ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 1ވަނަ ކުއްލި ޖަލްސާއިންނެވެ.
23 ޑިސެންބަރު 2021