ށ.އަތޮޅުކައުންސިލުގެ ވިޔަވަތި ލާންޗު ސިޓީލާ ނީލަމުގައި ވިއްކާލުން- 2021/26


ކައުންސިލްގެ ނިންމުން

ނަންބަރ: (N)227-2021/26

  • ހުށަހެޅުން: ވިޔަވަތި ޓްރަސްޓް ފަންޑުގެ “ދުވެލި” ޕްރޮގްރާމުގައި ބޭނުންކުރަމުންދާ ވިޔަވަތި ލާންޗު ނީލަންކިއުމާ ބެހޭގޮތުން އިތުރަށް މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް: އަތޮޅުކައުންސިލުގެ ވިޔަވަތި ލާންޗަކީ އަތޮޅު ރައްޔިތުންގެ މާލިއްޔަތުން ހޭދަކޮށްގެން އުފައްދާފައިވާ މުދަލަކަށް ވުމާއެކު “ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަންކިއުމާއި، ނައްތާލުމުގެ އުޞޫލު”ގެ 2ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އެހެން ފަރާތަކަށް ދޫކޮށްލައިފިނަމަ އަތޮޅުރައްޔިތުންގެ މާލިއްޔަތަށް ބޮޑުގެއްލުމަކަށް ވާނެކަމަކަށްވާތީ އާއި، އެ މާއްދާގެ (ށ) ގައިވާ ގޮތަށް ނިޒާމުގެ ތެރެއިން ކައުންސިލުތަކަށް ފުރުޞަތު ދީފައިނުވާތީ “ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެންނެތް ދައުލަތުގެ މުދާ ނީލަމުގައި ވިއްކަން އަގު ކަނޑައެޅުމާބެހޭ” މާލިއްޔަތު ސަރކިއުލަރ ނަންބަރު 13-DI/CIR/2021/30 (22 ނޮވެންބަރު 2021) ގެ 3.2ގައިވާ ގޮތުގެމަތީން މުއްދަތު ހަމަކުރަން ފަސްކޮށްފިނަމަ މުދާ ބޭނުންނުކުރެވޭވަރަށް ހަލާކުވާނެތީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދު ނަންބަރު 2020/R-90ގެ  (4)ވަނަ އިޞްލާޙުގެ 07-2 މާއްދާއަށް ރިޢާޔަތްކޮށް “ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަންކިއުމާއި، ނައްތާލުމުގެ އުޞޫލު”ގެ (7)ވަނަ މާއްދާގައިވާ ގޮތުގެމަތީން ސިޓީލާ ނީލަމުގައި ވިއްކާލަން ފެނެއެވެ. އަދި ކައުންސިލުގެ 4ވަނަ ދައުރުގެ 10 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވާ ނަންބަރު (N)227-2021/19 (1 ސެޕްޓެންބަރު 2021) ނިންމުމުގައި ބަޔާންކޮށްފައިވާ ނީލަންފެށޭ އަގަކީ މުދާ ވިއްކާލުމުގެ ފެށުމުގެ އަގަކަށް އެންމެ އެކަށީގެންވާ މަންފާ ކައުންސިލަށް ލިބިދާނެ ކަމަށް ނުފެންނާތީ ނީލަންފެށޭއަގު 700,000.00 (ހަތްލައްކަ) ރުފިޔާއަށް ބަދަލުކުރުމަށް ފެނެއެވެ. 

މިގޮތަށް ނިންމާފައިވަނީ 2021 ޑިސެންބަރު 09ވަނަ  ދުވަހުގެ 10:00 ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 22ވަނަ  ޢާއްމު ޖަލްސާއިންނެވެ.

09 ޑިސެންބަރު  2021