ފެރީގެ ޝެޑިއުލަށް ބަދަލުގެނައުން-2021/25


ކައުންސިލުގެ ނިންމުން

ނަންބަރު: 2021/25

ހުށަހެޅުން:  އެމް.ޓީ.ސީ.ސީގެ ފަރާތުން ށ.އަތޮޅުގައި ދެމުންގެންދާ ފެރީގެ ޚިދުމަތް، ދެމުންގެންދާ ގޮތާއި، ޝެޑިއުލް ހެދިފައިވާ ގޮތާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް އަންނާތީ، ޝެޑިއުލަށް ބަދަލުތަކެއް ގެނައުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

  • ހުށަހެޅުން ފޮނުވި ފަރާތް: ޢަބްދުﷲ ޒިޔާދު މެމްބަރ، ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

 އެމް.ޓީ.ސީ.ސީގެ ފަރާތުން ށ.އަތޮޅުގައި މިހާރު ފެރީގެ ޚިދުމަތް ދެމުންގެންދާ ޝެޑިއުލަށް ބަދަލުގެނައުމަށާއި، އަލަށް  ތައްޔާރުކުރެވުނު ޝެޑިއުލްގެ ޑްރާފްޓަށް ޖަލްސާގައި ހުށަހެޅުނު ބަދަލުތައް ގެނައުމަށް ފެނެއެވެ. 

މިގޮތަށް ނިންމާފައިވަނީ 2021 ޑިސެންބަރު 02ވަނަ  ދުވަހުގެ 10:00 ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 21ވަނަ  ޢާއްމު ޖަލްސާއިންނެވެ.

02 ޑިސެންބަރު  2021