ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 21ވަނަ ޢާއްމުޖަލްސާގެ ދަޢުވަތު


ތަން: ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ތާރީޚާއި ގަޑި: ‏02 ޑިސެންބަރު 2021 ، ބުރާސްފަތި،     ހެނދުނު 10:00

އެޖެންޑާ

  1. ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން 
  1. ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
  1. ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
  1. ކައުންސިލަރުން ހުށައަޅުއްވާ ކަންކަން

4.1 ހުށަހެޅި ފަރާތް: ޢަބްދުﷲ ޒިޔާދު ށ. ބިލެތްފަހީ ކައުންސިލުގެ ރައީސް

މައްސަލަ: އެމް.ޓީ.ސީ.ސީގެ ފަރާތުން ށ.އަތޮޅުގައި ދެމުންގެންދާ ފެރީގެ ޚިދުމަތް ދެމުންގެންދާ ގޮތާއި، ދަތުރު ޝެޑިއުލްތައް  ހެދިފައިވާ ގޮތާ         ގުޅިގެން ރައްޔިތުންގެ ޝަކުވާތައް އަންނާތީ، ޝެޑިއުލަށް ބަދަލުތަކެއް ގެނައުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

4.2 ހުށަހެޅި ފަރާތް: މުޙައްމަދު މުސްތަރުސިދު ށ.ނަރުދޫ ކައުންސިލުގެ ރައީސް

މައްސަލަ: މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ “އެމް.އެމް.ޕީ.އާރު.ސީ މެމްބަރޝިޕް ރިނިއުވަލް       2022” އާގުޅޭ ސަރކިއުލަރ ނަންބަރު MMPRC-HR/CIR/2021/161 ގައިވާ މެންބަރަކަށްވުމާ ގުޅޭގޮތުން މަޝްވަރާކުރުން. 

  1. އިދާރީ މައްސަލަތައް
    • މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 4ވަނަ ދައުރުގެ 20ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  1. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން

ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތައް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.

‏22 ނޮވެންބަރު 2021