ކުރިޔަށް އޮތް 5 އަހަރަށް އެކުލަވާލެވުނު ށ.އަތޮޅުކައުންސިލުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންސަލް ޕްލޭން ފާސްކުރުން -2021/24


ކައުންސިލްގެ ނިންމުން

ނަންބަރ: 2021/24

ހުށަހެޅުން:  ކުރިޔަށް އޮތް 5 އަހަރު ދުވަހަށް އެކުލަވާލެވޭ ށ.އަތޮޅު ކައުންސިލުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންސަލް ގުޅޭގޮތުން މަޝްވަރާކޮށް ފާސްކުރުން.

  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް: – ހުށަހެޅުއްވި: އަޙްމަދު އިބްރާހީމް ށ.ފުނަދޫ ކައުންސިލުގެ ރައީސް
  • ތާޢީދުކުރެއްވި: އަޙްމަދު އަޚްސަން ށ.ކަނޑިތީމު ކައުންސިލްގެ ރައީސް 

ކުރިޔަށްއޮތް 5 އަހަރުދުވަހަށް އެކުލަވާލެވުނު މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންސަލް ޕްލޭނަށް ކޮމެޓީ މަރުޙަލާގައި ގެނެވުނު އިޞްލާޙުތަކާއެކު ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2021 ނޮވެންބަރު 25ވަނަ  ދުވަހުގެ 10:00 ގައި  ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 20ވަނަ  ޢާއްމު ޖަލްސާއިންނެވެ.

25 ނޮވެންބަރު  2021