ކައުންސިލްގެ ނިންމުން
ނަންބަރ: 2021/23
- ހުށަހެޅުން: ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-POD/227/2021/6 (26 އޮކްޓޫބަރު 2021) ސިޓީން އެދިލައްވާފައިވާ ގޮތުގެމަތީން ށ.އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިފައިވާ ށ.ފުނަދޫ ހެޕީރޯޒް މުޙައްމަދު ނާފިޢު، އެ މަޤާމަށް އައްޔަންކުރުމާމެދު އެކޮމިޝަނަށް ދޭނެ ލަފަޔަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް: – ހުށަހެޅުއްވި: ޢަބްދުﷲ ޢާޠިފް ށ.މިލަންދޫ ކައުންސިލްގެ ރައީސް
- ތާޢީދުކުރެއްވި: އަޙްމަދު ރައިސަމް ށ.އަތޮޅުކައުންސިލްގެ ނާއިބުރައީސް
މި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ސިވިލްސަރވިސް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލުކަމަށް ހޮވިފައިވާ 2 ފަރާތް ވަނީ އެކި ސަބަބާއެކު އައްޔަނު ނުކުރުމަށް ނިންމާފައި ކަމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-POD/227/2021/6 (26 އޮކްޓޫބަރު 2021) ސިޓިން އެނގޭ ހިނދު، މި ކައުންސިލަށް އައްޔަނުކުރެވޭ ފަރާތަކީ އެންމެ ޤާބިލު ފަރާތް ކަމުގައި ހެދުމަށް، އަލުން އިޢުލާނުކުރުމަށް ފުރުޞަތު ފަހިކުރުމަށްޓަކައި، މިހާރު 3ވަނަ އަށް ހޮވިފައިވާ އަލްފާޟިލް މުޙައްމަދު ނާފިޢު، ހެޕީރޯޒް/ށ.ފުނަދޫ އެ މަޤާމަށް އައްޔަނުކުރުމަށް ނުފެންނަ ކަމަށް ކޮމިޝަނަށް މަޝްވަރާ ދެންނެވުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2021 އޮކްޓޫބަރު 31ވަނަ ދުވަހުގެ 10:00 ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި އޮންލައިންކޮށް ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 17ވަނަ ޢާއްމު ޖަލްސާއިންނެވެ.
31 އޮކްޓޫބަރު 2021