ޅައިމަގު އ.ތ.މ. ކޮމެޓީން ފުނަފަތި ފާމަސީއަށް ދައްކަންޖެހޭ ފައިސާއާބެހޭ 2021/21


ކައުންސިލްގެ ނިންމުން

ނަންބަރ: 2021/21

  • ހުށަހެޅުން: ށ.ޅައިމަގު އ.ތ.މ. ކޮމެޓީން ފުނަފަތި ފާމަސީން ދޫކޮށްފައިވާ ބޭހުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:
  • ހުށަހެޅުއްވި:އިބްރާހީމް ޝާހިދު  މެންބަރ (ށ.ގޮއިދޫ  ކައުންސިލްގެ ރައީސް )   
  • ތާޢީދުކުރެއްވި: ޢަބްދުﷲ ޒިޔާދު  މެންބަރ (ށ.ބިލެތްފަހީ ކައުންސިލްގެ ރައީސް)

 ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފުނަފަތި ފާމަސީއަށް ދައްކަންޖެހޭ ފައިސާ28,731.80 ރ. (އަށާވީސްހާސް ހަތްސަތޭކަ ތިރީސްއެއްރުފިޔާ، އަށްޑިހަލާރި) މަޢާފުކޮށްދެވެން ނެތްކަމަށާއި، މި ފައިސާ ކައުންސިލުގެ ދައުރުގައި ބާކީއޮތް މަސްތަކަށް ބަހާލައިގެން ދައްކާ ޚަލާޞްކުރާ ގޮތަށް ލުއިތަކެއް ދިނުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2021 އޮކްޓޫބަރު 13ވަނަ  ދުވަހުގެ 10:00 ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި އޮންލައިންކޮށް ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 15ވަނަ  ޢާއްމު ޖަލްސާއިންނެވެ.

13 އޮކްޓޫބަރު 2021