ކައުންސިލްގެ ނިންމުން
ނަންބަރު: 2021/20
- ހުށަހެޅުން: 34ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ށ.އަތޮޅުގެ ޓީމެއް ބައިވެރިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތުގައި ށ.އަތޮޅު ތަމްސީލުކުރާ ޓީމެއް ބައިވެރިކުރުމަށް ފާސްކޮށް، އެ މުބާރާތް ހިންގުމަށް އެކުލަވާލާފައިވާ “ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތުގައި ށ.އަތޮޅުން ބައިވެރިކުރާ ދަރިވަރުން ހޮވުމަށް ބޭއްވޭ އޮޑިޝަން” އުޞޫލު އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2021 އޮކްޓޫބަރު 05ވަނަ ދުވަހުގެ 10:00 ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި އޮންލައިންކޮށް ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 14ވަނަ ޢާއްމު ޖަލްސާއިންނެވެ.
05 އޮކްޓޫބަރު 2021