ވިޔަވަތި ލާންޗު މަރާމާތުކުރުން- 2021/19


ކައުންސިލްގެ ނިންމުން

ނަންބަރު: 2021/19

  • ހުށަހެޅުން: ވިޔަވަތި ލާންޗު މަރާމާތުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ދުވެލި ޕްރޮގްރާމުގައި ހިމެނޭ 36 ފޫޓުގެ ވިޔަވަތި ލާންޗު ސިޓީލާ ނީލަމުގައި ވިއްކާލުމަށާއި، އިތުރު 38 ފޫޓުގެ އައުލާންޗެއް އެ ޕްރޮގްރާމުގެ ދަށުން ހޯދުމަށާއި، އައުލާންޗެއް ޚިދުމަތަށް ނެރެވުމުން، 36 ފޫޓުގެ މާމުލި ލާންޗު ވިއްކާލުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ފާސްކޮށް، ވިޔަވަތި ލާންޗުގެ ނީލަން 500،000.00 (ފަސްލައްކަ) ރުފިޔާއިން ފެށުމަށާއި، ފަހަރަކު ނީލަމަށް އިތުރުކުރެވޭނެ އަދަދަކީ 50،000.00 (ފަންސާސްހާސް) ރުފިޔާ ކަމުގައި ކަނޑައެޅުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2021 ސެޕްޓެންބަރު 01ވަނަ  ދުވަހުގެ 10:00 ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 10ވަނަ  ޢާއްމު ޖަލްސާއިންނެވެ.

01 ސެޕްޓެންބަރު 2021

 

  • ނިންމުން ފާސްކުރުމަށް ވޯޓުދެއްވި ގޮތް:

ވޯޓްގެ ނަތީޖާ 

މެމްބަރުންގެ

ޢަދަދު

ޙާޒިރުވި

ޢަދަދު

ފެންނަ ކަމަށް ވޯޓްދެއްވި ނުފެންނަ ކަމަށް ވޯޓްދެއްވި ވޯޓްގައި

ބައިވެރިވި

ވަކިގޮތަކަށް

ވޯޓް ނުދެއްވާ

ފާސްކުރުމަށް ބޭނުންވާ ޢަދަދު
15 13 13 13 7