ކައުންސިލްގެ ނިންމުން
ނަންބަރ: 2021/17
- ހުށަހެޅުން: މާލީއެހީ ދިނުމުގެ ޚާއްޞަ އުޞޫލުގެ 5 ވަނަ މާއްދާގެ ދަށުން އެހީގެ ތަރުތީބު ކަނޑައެޅުމަށްޓަކައި ކޮމެޓީ އެކުލަވާލުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށާއި، ރަށްވެހި ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީ ދިނުމުގެ ޚާއްޞަ އުޞޫލުގެ 5ވަނަ މާއްދާގެ ދަށުން އެހީގެ ތަރުތީބު ކަނޑައެޅުމާ ބެހޭ ކޮމެޓީގައި ތިރީގައި އެވާ ބޭފުޅުން ހިމަނަން ފެނެއެވެ.
- މުޙައްމަދު ޝިޔާމް ށ.އަތޮޅުކައުންސިލްގެ ރައީސް
- އަޙްމަދު ރައިޝަމް ށ.އަތޮޅުކައުންސިލްގެ ނާއިބުރައީސް (ށ.ކަނޑިތީމު ދާއިރާ)
- ޢަބްދުﷲ ޢާތިފް ށ.އަތޮޅުކައުންސިލްގެ މެމްބަރ (ށ.މިލަންދޫ ދާއިރާ)
- މުޙައްމަދު ސިނާން ށ.އަތޮޅުކައުންސިލް މެމްބަރ (ށ.ކޮމަންޑޫ ދާއިރާ)
- އަޙްމަދު އިބްރާހީމް ށ.އަތޮޅުކައުންސިލް މެމްބަރ (ށ.ފުނަދޫ ދާއިރާ)
- ކައުންސިލްގެ އެ ދާއިރާގެ 3 މުވައްޒަފުން (ޑިރެކްޓަރޖެނެރަލް/ ރައީސް ކަނޑައަޅުއްވާ ބޭފުޅުން)
މިގޮތަށް ނިންމާފައިވަނީ 2021 ޖުލައި 07ވަނަ ދުވަހުގެ 10:00 ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 5ވަނަ ޢާއްމު ޖަލްސާއިންނެވެ.
07 ޖުލައި 2021