ކައުންސިލްގެ ނިންމުން
ނަންބަރު: 2021/15
- ހުށަހެޅުން: މާލީއެހީ ދިނުމުގެ އުޞޫލަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ގުޅިގެން މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
“2021ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށާއި، ރަށްވެހި ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީ ދިނުމުގެ ޚާއްޞަ އުޞޫލު” އަށް އިދާރީ ޔުނިޓުން ހުށަހަޅުއްވާފައިވާ އިޞްލާޙުތަކާއެކު ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2021 ޖޫން 29ވަނަ ދުވަހުގެ 10:00 ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 4ވަނަ ޢާއްމު ޖަލްސާއިންނެވެ.
29 ޖޫން 2021