ކައުންސިލްގެ ނިންމުން
ނަންބަރ: 2021/14
- ހުށަހެޅުން: ވިޔަވަތި ލާންޗު މަރާމާތުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ވިޔަވަތި ލާންޗާމެދު ޢަމަލުކުރާނެ ގޮތަކާމެދު ދިރާސާއެއް ހެދުމަށާއި، ދިރާސާއިން ލިބޭ މަޢުލޫމާތާ ގުޅޭގޮތުން ކައުންސިލުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2021 ޖޫން 29ވަނަ ދުވަހުގެ 10:00 ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 4ވަނަ ޢާއްމު ޖަލްސާއިންނެވެ.
29 ޖޫން 2021