ކައުންސިލްގެ ނިންމުން
ނަންބަރ: 2021/13
- ހުށަހެޅުން: ވިޔަވަތި ޓްރަސްޓް ވިޔަފާރިތަކުގެ އިދާރީ އުޞޫލަށް ހުށަހެޅިފައިވާ އިސްލާހުތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ޤާނޫނު ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އިޞޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ޖ) އާއި ގުޅޭ، މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުން އަމަލު ކުރަމުންގެންދާ ” ކައުންސިލުގެ ނަމުގައި ވިޔަފާރި ކުރުމާއި، ޚިދުމަތް ދިނުމުގެ އުޞޫލަށް ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ގެނެވުނު އިސްލާޙުތަކާއިއެކު ފާސްކުރަންފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2021 ޖޫން 20 ވަނަ ދުވަހުގެ 10:00 ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 3ވަނަ ޢާއްމު ޖަލްސާއިންނެވެ.
20 ޖޫން 2021