ށ.އަތޮޅުކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ޢާއްމު ޖަލްސާގެ ދަޢުވަތު


ތަން: ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ތާރީޚާއި ގަޑި: ‏20‏ ޖޫން 2021 ، އާދިއްތަ     ހެނދުނު 10:00

އެޖެންޑާ

  1. ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން
  2. ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
  3. ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
    • ކައުންސިލްގެ ނައިބުރައީސް އިންތިޚާބުކުރުން
    • ބޭންކް ޤަރާރު ފާސްކުރުން
    • އަތޮޅުކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
    • ވިޔަވަތި ޓްރަސްޓް ވިޔަފާރިތަކުގެ އިދާރީ އުޞޫލަށް ހުށަހެޅިފައިވާ އިސްލާހުތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  1. ކައުންސިލަރުން ހުށައަޅުއްވާ ކަންކަން

4.1 ކޮވިޑް19ގެ މި ނުރައްކާތެރި ހާލަތުގައި ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުން ކުރިން ދެމުންދިޔަ ބައެއް ޚިދުމަތްތަކަށް ބުރޫއަރާ ކޮވިޑް ފެސިލިޓީއާއި، ކޮވިޑް ޓެސްޓް ހެދުމާއި، ތަނުގެ ވަސީލަތްތައް މެނޭޖްކުރުމުގައި ހުރި ކަންބޮޑުވުންތައް ތަނުގެ މުވައްޒަފުންނާއި، ޢާއްމުންގެ ފަރާތުން ލިބެމުންދާތީ އެކަންކަން އިސްލާހުކުރުމަށް އެހީތެރިވުމަށް އަތޮޅުކައުންސިލުގެ ލެވެލްގައި ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރުން.

  1. އިދާރީ މައްސަލަތައް
    • މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 4ވަނަ ދައުރުގެ ދެވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  1. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން

ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތައް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.