ޓްރާންސްޕޯޓް ޚިދުމަތްދިނުމުގެ ޚާއްޞަ އުޞޫލު ފާސްކުރުން 2021/10


ކައުންސިލްގެ ނިންމުން

ނަންބަރު: 227-2021/10

  • ހުށަހެޅުން: ޓްރާންސްޕޯޓުގެ ޚިދުމަތްތައް ދިނުމުގައި އަތޮޅުކައުންސިލާއި، ރަށުކައުންސިލްތައް ގުޅިގެން ޢަމަލުކުރާނެ ގޮތުގެ ޚާއްޞަ އުޞޫލާއި، ގުޅޭގޮތުން މަޝްވަރާކޮށް ފާސްކުރުން
  • ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން، ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލް މެމްބަރ އިބްރާހީމް ޝާހިދު        – ތާޢީދުކުރެއްވި: މެމްބަރ އަޙްމަދު ޢާޞިފް

“ޓްރާންސްޕޯޓުގެ ޚިދުމަތްތައް ދިނުމުގައި އަތޮޅުކައުންސިލާއި، ރަށުކައުންސިލްތައް ގުޅިގެން ޢަމަލުކުރާނެ ގޮތުގެ ޚާއްޞަ އުޞޫލް” ޖަލްސާއަށް ހުށަހެޅިފައި އޮތްގޮތަށް ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2021 މެއި 30 ވަނަ ދުވަހުގެ 10:00 ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 2ވަނަ  ޢާއްމު ޖަލްސާއިންނެވެ.