ހުވާކުރުމުގެ ދަރުބާރު ބާއްވައިފި


މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 4ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބާއްވައިފިއެވެ.

މި އަދު ހަވީރު 17:00 ގައި އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ބައްދަލުވުން ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން ފަށްޓަވައިދެއްވީ އަލްހާފިޛު އިބްރާހީމް ރަމްޒީއެވެ. ޖަލްސާ ތަޢާރަފްކުރައްވައި 4ވަނަ ދައުރުގެ މެންބަރުނަށް މަރުޙަބާ ދެންނެވީ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޙަމީދެވެ. އަލަށް އިންތިޚާބުވި ކައުންސިލް މެންބަރުނަށް ހުވާލައިދެއްވީ މެޖިސްޓްރޭޓް ޙަސަން ޝިޔާމެވެ.

އޮންލައިންކޮށް ބޭއްވުނު މި ރަސްމިއްޔާތުގައި ކައުންސިލް މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރުން އެލް.ޖީ.އޭގެ ގައިޑްލައިންގައިވާ ގޮތުގެމަތީން އިޤްރާރުގައި ސޮއިކޮށް ސްކްރީނުން ދައްކަމުން ކުރިޔަށް ގެންދެވިފައިވެއެވެ.

ކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސްއާއި، ނައިބުރައީސް އަދި ދެ މެންބަރުންނާއި، އަތޮޅުކައުންސިލްގެ މުވައްޒަފުން ބައިވެރިވި މި ބައްދަލުވުމުގައި ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމާއި، ކައުންސިލް މެންބަރު އަޙްމަދު އިބްރާހީމް ފުޅު ފިޔަވައި އެހެން މެންބަރުން ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ. ބައްދަލުވުން ނިމުނީ އެންމެހާ ޙާޟިރީން ބައިވެރިވާ ޤައުމީ ސަލާމުންނެވެ.