ކައުންސިލްގެ ނިންމުން
- ހުށަހެޅުން: ޤާނޫނު ނަންބަރު 5/2020 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020) އާއި، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލްގެ މާލީ ބަޔާންތަކާއި، ބަޔާންތަކާގުޅޭ ނޯޓްތައް ފާސްކުރުން.
- ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް، ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ މާލީ ބަޔާން ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށާއި، ޤާނޫނު ނަންބަރު 5/2020 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020) ގައި ބަޔާންކުރާ މާލީ ބަޔާން، އެލް.ޖީ.އޭއިން ރަނގަޅު ފޯމެޓް ލިބުމުން މިހާރު އެއްކުރެވިފައިވާ މަޢުލޫމާތުތައް އެ ފޯމެޓަށް އަޅައި އެ ބަޔާން ފުރިހަމަކުރުމަށާއި، މާލީ ޒިންމާދާރުވެރިޔާ ކަނޑައެޅުމުގެ މައްސަލާގައި އެލް.ޖީ.އޭއިން ނިންމަވާ ގޮތެއްގެމަތީން މާލީ ޒިންމާދާރުވެރިޔާ މާލީ ބަޔާންތަކުގައި ސޮއިކުރައްވައި ފޮނުވުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2021 މާރިޗު 24 ވަނަ ދުވަހުގެ 10:00 ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 190ވަނަ ޢާއްމު ޖަލްސާއިންނެވެ.
24 މާރިޗު 2021