ކައުންސިލްގެ ނިންމުން
ނަންބަރު: 2021/08
- ހުށަހެޅުން: އަތޮޅުކައުންސިލް އިދާރާގެ ރިސެޕްޝަން އޭރިޔާ މަރާމާތުކުރިއިރު ނެގުނު ތަކެތި ނީލަންކިއުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން/ ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން – ތާޢީދުކުރެއްވި: ނާއިބުރައީސް ޢަބްދުﷲ ނާހިދު
އަތޮޅުކައުންސިލްގެ ރިސެޕްޝަން އޭރިޔާ މަރާމާތުކުރިއިރު ނެގުނު ތަކެތި ކައުންސިލަށް އެންމެ ނަފާހުރި ގޮތަކަށް ވީ އެންމެ އަވަހަށް ނީލަންކިޔައި ދޫކޮށްލުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2021 މާރިޗު 24 ވަނަ ދުވަހުގެ 10:00 ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 190ވަނަ ޢާއްމު ޖަލްސާއިންނެވެ.
24 މާރިޗު 2021