ކައުންސިލްގެ ނިންމުން
ނަންބަރު: 2021/07
- ހުށަހެޅުން: ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.13ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން 21 މާރިޗު 2018ގައި މިއިދާރާއިން އެކުލަވާލެވުނު ބިޑްކޮމެޓީގެ މުއްދަތު މި ހިނގާ މާރިޗު މަހުގެ 31 ގެ ނިޔަލަށް ހަމަވާތީ، އަލުން ބިޑްކޮމެޓީ އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު
އިދާރީ ޔުނިޓުން ހުށަހަޅުއްވާފައިވާ ގޮތުގެމަތީން، ކުރީގެ ބިޑް ކޮމެޓީގައި ހިމެނޭ މި ކައުންސިލްގެ 3 މުވައްޒަފުންނާއި، އިތުރު ދެ މުއައްސަސާއިން ހުށަހަޅާ ދެ ނަމެއް އައު ބިޑްކޮމެޓީގައި ހިމަނައި، ބިޑްކޮމެޓީ ފާސްކުރުމަށް ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2021 މާރިޗު 17 ވަނަ ދުވަހުގެ 10:00 ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 189ވަނަ ޢާއްމު ޖަލްސާއިންނެވެ.
17 މާރިޗު 2021