ށ.ފުނަދޫ މީރާ ކަލެކްޝަން ސެންޓަރ ހިންގާ ޢިމާރާތުގައި ފާޚާނާއެއް ހެދުމާބެހޭ- 2021/06


ކައުންސިލްގެ ނިންމުން

ނަންބަރު: 2021/06

  • ހުށަހެޅުން: ށ.ފުނަދޫ މީރާ ކަލެކްޝަން ސެންޓަރ ހިންގުމަށްޓަކައި އަތޮޅުވެހި 2 އިން ދޫކޮށްފައިވާ ބައިގައި ފާޚާނާއެއް ހެދުމަށްޓަކައި އެ މުއައްސަސާއިން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު          – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

ށ.ފުނަދޫ މީރާ ކަލެކްޝަން ސެންޓަރ ހިންގުމަށްޓަކައި އަތޮޅުވެހި 2 އިން ދޫކޮށްފައިވާ ބައިގައި ފާޚާނާއެއް ހެދުމަށް އެދި މީރާއިން ފޮނުއްވާފައިވާ ނަންބަރު 220-AS/227/2021/1 (23 ފެބުރުވަރީ 2021) ސިޓީން އެދިވަޑައިގެންފައިވާ ގޮތުގެމަތީން އެ ޕްރޮޖެކްޓް ކުރިޔަށްގެންދިއުމަށާއި، އަދި އެ ޕްރޮޖެކްޓުގެ ތެރޭގައި ފެނާއި، ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހިމަނައިގެން ކުރިޔަށްދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2021 މާރިޗު 4 ވަނަ ދުވަހުގެ 10:00 ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 188ވަނަ ޢާއްމު ޖަލްސާއިންނެވެ.

04 މާރިޗު 2021