ކައުންސިލްތަކަށް މާލީއެހީ ދޭނެ ދާއިރާތައް ކަނޑައެޅުމާބެހޭ- 2021/05


ކައުންސިލްގެ ނިންމުން

ނަންބަރު: 2021/05

  • ހުށަހެޅުން: 2021ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިޔަށްގެންދެވޭ ރަށުކައުންސިލްތަކަށް މާލީއެހީ ދިނުމުގެ ޕްރޮގްރާމުގެ ދަށުން މާލީއެހީދޭނެ ދާއިރާތައް ކަނޑައެޅުން
  • ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު          – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

2021ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށާއި، ރަށްވެހި ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީ ދިނުމުގެ ޚާއްޞަ އުޞޫލުގެ (5)ވަނަ މާއްދާގެ ދަށުން ރަށުކައުންސިލްތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ ދާއިރާތަކާ ގުޅޭ ކަރުދާސް އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށް ރަށުކައުންސިލްތަކަށް ފޮނުވުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2021 ފެބުރުވަރީ 25 ވަނަ ދުވަހުގެ 10:00 ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 187ވަނަ ޢާއްމު ޖަލްސާއިންނެވެ.

25 ފެބުރުވަރީ 2021