ކޮންފަރެންސް ރޫމު މިޕްސްޓަރ އިން ބޭއްވުމަށް ހަމަޖެހިފައިވާ ކޭމްޕް ހިންގުމަށް ދޫކުރުމާބެހޭ- 2021/04


ކައުންސިލްގެ ނިންމުން

ނަންބަރު: 227-2021/04

  • ހުށަހެޅުން: ށ.ފުނަދޫ ކައުންސިލާއި، މިޕްސްޓަރ ގުޅިގެން ފެބްރުއަރީ 1 އިން 5 އަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕް ބޭއްވުމަށް އަތޮޅުވެހި 2 ލުއިގޮތަކަށް ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު          – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

މިޕްސްޓަރ އާއި، ށ.ފުނަދޫ ކައުންސިލް ގުޅިގެން ކުރިޔަށްގެންދާ މެޑިކަލް ކޭމްޕްގައި ބައިވެރިވެ، ދައުރެއް ބޭއްވުމަށްޓަކައި، “ކައުންސިލްގެ ނަމުގައި ވިޔަފާރިކުރުމާއި، ޚިދުމަތްދިނުމުގެ އުޞޫލުގެ” 14ވަނަ މާއްދާގެ (ނ) ގެ ދަށުން ސެމިނަރ ރޫމުގެ ހަމައަގުގެ ބަދަލުގައި އަގުގެ 2/1 ބައި ނެގުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2021 ޖަނަވަރީ 21 ވަނަ ދުވަހުގެ 10:00 ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 183ވަނަ ޢާއްމު ޖަލްސާއިންނެވެ.

21 ޖަނަވަރީ 2021