ކައުންސިލްގެ ނިންމުން
ނަންބަރު: 2021/01
- ހުށަހެޅުން: ށ.އަތޮޅުކައުންސިލްގެ 2021ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ފާސްކުރުން.
- ހުށަހެޅުން ފޮނުވި ފަރާތް: ބަޖެޓް އެންޑް ފައިނޭންސް/ ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ނާއިބުރައީސް ޢަބްދުﷲ ނާހިދު – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ (2010/7)ގެ 96ވަނަ މާއްދާގައިވާ ގޮތުގެމަތީން 2021ވަނަ އަހަރަށް ލަފާކުރާ ށ.އަތޮޅުކައުންސިލްގެ ބަޖެޓް، ކޮމެޓީ މަރުޙަލާގައި ގެނެވުނު އިޞްލާޙްތަކާއެކު ތައްޔާރުކުރައްވައި، ބަޖެޓް ޔުނިޓުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފީމެވެ. އަދި އެޤާނޫނުގެ 97ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތީން އެކުލަވާލެވުނު ބަޖެޓް ސްޓޭޓްމަންޓާއި، ކައުންސިލުން ހިންގާ ވިޔަފާރިތަކާ ގުޅޭ ހިސާބުތައް ޞައްޙަކަމަށް ފާސްކޮށްފީމެވެ.
މިގޮތަށް ނިންމާފައިވަނީ 2021 ޑިސެންބަރު 07 ވަނަ ދުވަހުގެ 11:00 ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 181ވަނަ ޢާއްމު ޖަލްސާއިންނެވެ.
5 ޖަނަވަރީ 2021