ކައުންސިލްގެ ނިންމުން
ނަންބަރު: 227-2020/45
- ހުށަހެޅުން: ނަފާވެހި ޕްރޮގްރާމުގެ ހިންގުމުގެ އިދާރީ އުޞޫލު މުރާޖަޢާކުރުން
- ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ށ.އަތޮޅުކައުންސިލް
- ނިމުނުގޮތް:
– ހުށަހެޅި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން – ތާޢީދުކުރެއްވި: ކައުންސިލަރ އަޙްމަދު ފާއިޒު
ކައުންސިލްގެ ނަމުގައި ވިޔަފާރިކުރުމާއި، ޚިދުމަތްދިނުމުގެ އުޞޫލުގެ ތެރޭގައި ހިމެނޭ “ނަފާވެހި ޕްރޮގްރާމުގެ ހިންގުމުގެ އިދާރީ އުޞޫލު” އަށް ގެނައުމަށް ހުށަހެޅުނު ބަދަލުތަކަށް ކޮމެޓީ މަރުހަލާގައި ބަހުސްކުރެވި، ގެނެވުނު އިޞްލާޙުތަކާއެކު ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2020 ޑިސެންބަރު 23 ވަނަ ދުވަހުގެ 10:00ގައި ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 179ވަނަ ޢާއްމު ޖަލްސާއިންނެވެ.
30 ޑިސެންބަރު 2020