ފުނަފަތި ފާމަސީ އާއި، އަތޮޅުކައުންސިލް އިދާރާ މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށްގެންދިއުމާ ބެހޭ – 2020/44


ކައުންސިލްގެ ނިންމުން

ނަންބަރު: 2020/44

  • ހުށަހެޅުން: ފުނަފަތި ފާމަސީ މަރާމާތުކުރުމުގެ މަސައްކަތާއި، އޮފީހާއި، ގުދަން މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ށ.އަތޮޅުކައުންސިލް
  • ނިމުނުގޮތް:

– ހުށަހެޅި: ކައުންސިލަރ އަޙްމަދު ފާއިޒު          – ތާޢީދުކުރެއްވި: ކައުންސިލަރ ސަޢުދުﷲ ޢުޘްމާން

ފުނަފަތި ފާމަސީ މަރާމާތުކުރުމުގެ މަސައްކަތާއި، ށ.އަތޮޅުކައުންސިލް އިދާރާ މަރާމާތުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ލޮޓް 1ގައިވާ ރިސެޕްޝަން އޭރިޔާ މަރާމާތުކުރުމާއި، ލޮޓް 2 ގައިވާ ގުދަން ބައި މަރާމާތުކުރުމުގެ މަސައްކަތް ބިޑްކޮމެޓީން ހުއްދަދެއްވާފައިވާ ގޮތުގެމަތީން ކުރިޔަށްގެންދިއުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2020 ޑިސެންބަރު 23 ވަނަ ދުވަހުގެ 10:00ގައި  ށ. އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 3ވަނަ ދައުރުގެ 178ވަނަ ޢާއްމު ޖަލްސާއިންނެވެ.

23 ޑިސެންބަރު 2020